Get your own Digital Clock

اَلسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَا تُهُ

"Peace be unto you and so may the mercy of Allah and His blessings".

26 December 2011

ބެލުން ތިރި ކުރުން


އަލްއުޚްތު މުސްލިމާ
ހިތާމައާއެކު ދަންނަވަންޖެހެނީ ދަތުރުތަކުގައިދާ ބައެއް މީހުން އެމީހުން އެދާ ޤައުމެއްގައި އޭނާއަކީ ބީރައްޓެއްސެއް ކަމުގައިވާނަމަ އޭނާ ބޭނުން ދިމާއަކަށް ބަލަންފަށައެވެ. މީގެތެރޭގައި ފާޙިޝް މަންޒަރު ދައްކުވައިދޭ ފޮޓޯ ތަކާއި، ހިލޭ އަންހެނުންނާއި، ޙަރާމް ތަންތަނާއި، މުންކަރާތްތައް ހިމެނެއެވެ. އެފަދަ މީހަކަށް އެންމެ މުހިއްމު ކަމަކީ އެކަކަށްވެސް އޭނާގެ ބެލުން ތިރިނުކުރާކަން ނޭނގުމެވެ. އަދި އެކަކަށްވެސް އޭނާ ބަލާތަންތަން ނުފެނުމެވެ.
أَلَمْ يَعْلَمْ بِأَنَّ اللَّهَ يَرَى (ޢަލަޤް :14) މާނައީ: ﷲ ބައްލަވާ ވޮޑިގެންވާކަން އެބައިމީހުންނަށް ނޭނގެނީ ހެއްޔެވެ!

އޭނާ ޓީވީ އެއް ކުރިމަތީ އިށީދެއްޖެނަމަ އޭނާގެ ބެލުން ހުރިހާ ފާޙިޝް މުންކަރާތްތަކާއި ދިމާލަށް ހިނގައިދެއެވެ. އަދި ހުރިހާ ޙަރާމް އެއްޗަކަށް އެއްވެސް އެއްޗެއް ހިތައް އެރުމެއްނެތި ބަލައެވެ. ހަމައެކަނި އޭނާގެ ދެލޮލަށާއި އޭނާގެ އަމިއްލަ ނަފްސަށް އަރާމު ލިބިގަނެއެވެ.

قُلْ لِلْمُؤْمِنِينَ (އައްނޫރް: 30) ނިކަން މިއާޔަތުގައިވާ އުސްލޫބަށް ބަލާލަބަލާށެވެ. ﷲ ޖައްލަވަޢަލާ ރަސޫލުﷲ ސައްލައްﷲ ޢަލައިހި ވަސައްލަމަށް ވަޙީ ކުރައްވަނީ މުއުމިނުންނަށް ޚަބަރު ދެއްވުމަށެވެ.

قُلْ لِلْمُؤْمِنِينَ يَغُضُّوا مِنْ أَبْصَارِهِمْ
( މާނައީ: ކަލޭގެފާނު މުއުމިނުންނަށް ބުނާށެވެ. ތިޔަބައިމީހުންގެ ބެލުންތައް ތިރިކުރާށެވެ.)
ސަބަބަކީ ބެލުން ތިރިނުކުރާނަމަ، އަދި ލޯ ރައްކާތެރިނުކުރާނަމަ ފަރުޖު ރައްކާތެރި ނުކުރެވޭނެއެވެ.

قُلْ لِلْمُؤْمِنِينَ يَغُضُّوا مِنْ أَبْصَارِهِمْ وَيَحْفَظُوا فُرُوجَهُمْ ( މާނައީ: ކަލޭގެފާނު މުއުމިނުންނަށް ބުނާށެވެ. ތިޔަބައިމީހުންގެ ބެލުންތައް ތިރިކުރާށެވެ. އަދި ތިޔަބައިމީހުންގެ ފަރުޖު ރައްކާތެރިކުރާށެވެ.)

ހުރިހާ ކަންތައްތަކެއް ފެށެނީ ނަޒަރުންނެވެ.
ކުރީ ޒަމާނުގައި ބަންގި ގޮވާ މީހެއްގެ(މުއައްޒިން) ވަޒީފާގައި ހުރި ފިރިހެނެއްގެ ވާހަކަ އަޑުއަހާށެވެ. ކުރީ ޒަމާނުގައިނަމަ ބަންގި ގޮވަނީ މިސްކިތުގެ އުސްތަނަކަށް އަރައެވެ. އޭރު އެމީހުން އަތުގައި ސްޕީކަރު އަދި މައިކްރޮފޯން ކަހަލައެއްޗެއް ނުހުރެއެވެ. އެހެންކަމުން މީނާ ކޮންމެފަހަރަކު މިސްކިތުގެ މައްޗަށް އަރާއިރު އެތަނުން ގެއެއްގައި ހުންނަ އަންހެންކުއްޖަކާއި ދިމާއަށް ބަލައެވެ. އަދި އެ އަންހެން ކުއްޖާއަށް ބެލުމުން އޭނާގެ ދެލޮލަށް އަރާމު ލިބިގަނެއެވެ. އަދި އެންމެފަހުން އޭނާގެ ހިތް އެއަންހެންކުއްޖާއާއި އެކުވެއްޖެއެވެ. އޭނާއަކީ މުއައްޒިނަކަށް ވީހިނދުވެސްމެއެވެ. އެހެންނަމަވެސް އޭނާ އޭނާގެ ބެލުން ތިރި ނުކުރެއެވެ.

އެއްދުވަހަކު މި ފިރިހެންމީހާ ތިރިއަށް ފޭބުމަށްފަހު އެއްކަލަ ގޭގެ ދޮރުގައި ޓަކި ޖަހައިފިއެވެ. ޓަކި ޖެހުމުން އެއަންހެން ކުއްޖާ ނިކުތެވެ. އޭނާ އެކުއްޖާއާއި ކައިވެނި ކުރަން ބޭނުން ވާހަކަ ބުންޏެވެ. އަދި ލޯބިވާ ވާހަކަ ބުންޏެވެ. މިހެން ބުނުމުން އެއަންހެން ކުއްޖާ އެކަން ނުވާނެ ކަމުގައި ބުންޏެވެ. ފިރިހެންމީހާ އެއީ ކީއްވެތޯ ސުވާލު ކުރިއެވެ. ސަބަކަކަށް އެއަންހެންކުއްޖާ ބުނީ އޭނާއަކީ މުސްލިމެއް ނޫންކަމުގައެވެ. އަދި އެއީ ނަސްރާނީއެއްކަމުގައި ބުންޏެވެ. އެފިރިހެންމީހާ އެއީ މައްސަލައެއް ނޫންކަމުގައި ބުންޏެވެ. އެއަންހެންކުއްޖާ ނޫނެކޭ ބުންޏެވެ. އަދި ނަސާރާ ދީނަށް ވަނުމަށް ބުނެ، އޭނާގެ ބައްޕަ އެނޫން ގޮތަކަށް ކައިވެންޏާއި ނުރުހޭނެ ކަމުގައި ބުންޏެވެ. އޭނާ އެގޮތަށް އެއްބަސްވެ ނަސްރާނީ ދީނަށް ވަދެ މުރުތައްދުވިއެވެ. އަދި އޭނާ އެގެއަށް އެއަންހެންކުއްޖާއާއި ކައިވެނި ކުރުމަށް ވަނެވެ. އަދި ވަނުމަށް ފަހު ރާ ބުޔެވެ. އަދި ޙަރާމް ތަކެތިން ކެއެވެ.

އެއަށްފަހު އެއްދުވަހަކު އޭނާ އެގޭގެ ފުރާޅު މައްޗައް މަސްތުވެފައިވާ ޙާލު އެރިއެވެ. އެހެންކަމުން އޭނާ އެންމެ މަތިން ވެއްޓި، އޭނާގެ ނަފްސު މިދުނިޔެއިން ވަކިވެގެން ދިޔައެވެ. ނިމިދިޔައީ މުޙައްމަދު ސައްލަﷲ ޢަލައިހި ވަސައްލަމްގެ ދީން ނޫން އެހެން ދީނެއްގައެވެ.

މިކަންތައް ފުރަތަމަ ފެށުނީ ކޮންކަމަކުންހެއްޔެވެ؟ ލޮލުގެ ނަޒަރަކުންނެވެ.
قُلْ لِلْمُؤْمِنِينَ يَغُضُّوا مِنْ أَبْصَارِهِمْ وَيَحْفَظُوا فُرُوجَهُمْ ذَلِكَ أَزْكَى لَهُمْ (މާނައީ: ަލޭގެފާނު މުއުމިނުންނަށް ބުނާށެވެ. ތިޔަބައިމީހުންގެ ބެލުންތައް ތިރިކުރާށެވެ. އަދި ތިޔަބައިމީހުންގެ ފަރުޖު ރައްކާތެރިކުރާށެވެ. އެއީ އެބައިމީހުންނަށް އެންމެ ޠާހިރުވެގެންވާ ގޮތެވެ.)

ބައެއް މީހުން އިންޓަނެޓަށް ވަދެ އެމީހުންގެ ބެލުންތައް އެކި ދިމަދިމާއަށް ގެންދެއެވެ. ޙަރާމް ކުރެވިގެންވާ ފޮޓޯތަކަށް ބަލާ ހަދައެވެ. އަދި އޮރިޔާން ފޮޓޯތަކަށް ބަލައެވެ. އެންމެ މުހިއްމު ކަމަކީ އެކަކުވެސް (އޭނާގެ ޢަމަލުތައް) ބަލަން ނެތުމެވެ. އަދި އެކަކަށްވެސް ނުފެނުމެވެ.

أَلَمْ يَعْلَمْ بِأَنَّ اللَّهَ يَرَى (ޢަލަޤް :14) މާނައީ: ﷲ ބައްލަވާ ވޮޑިގެންވާކަން އެބައިމީހުންނަށް ނޭނގެނީ ހެއްޔެވެ!
ބައެއްމީހުން ބާޒާރުތަކަށް ގޮސް ކަނާތަށާއި ވާތަށް ހިނގަމުން އެކި ތަންތަނަށް އަދި އެކި އެއްޗެއްސަށް އަދި ފޮޓޯއަށް ބަލައެވެ. އަދި އެކި ފެންނަ އެކި މަންޒަރުތަކަށް ބަލައި އެއިން އުފާ ޙާސިލުކުރެއެވެ.

އޭ ލޮބުވެތި އަޚާއެވެ. ލޮލުގެ ބެލުންތަކަކީ މާދަމާ ﷲގެ ހަޟުރަތުގައި ސުވާލުކުރެވޭނެ ކަމެކެވެ. ޤިޔާމަތް ދުވަހުގައި ތިބާ ވާހަކަދައްކައި އެއަށް ހެކި ދޭނެއެވެ.
وَلَا تَقْفُ مَا لَيْسَ لَكَ بِهِ عِلْمٌ إِنَّ السَّمْعَ وَالْبَصَرَ وَالْفُؤَادَ كُلُّ أُولَئِكَ كَانَ عَنْهُ مَسْئُولًا (އަލް އިސްރާ 36) (މާނައީ: ތިޔަބައިމީހުންނަށް ނޭނގޭ ބަސްތައް ނުބުނާށެވެ. ހަމަކަށަވަރުން އިވުމާއި، ބެލުމާއި، އަދި ހިތާއި މިއިން ކޮންމެ އެއްޗަކާއި މެދު ތިޔަބައިމީހުންނާއި ސުވާލުކުރެވޭ ހުއްޓެވެ.)

ތިބާ އެކަނިވާ ހިނދު އަދި ތިބާގެ ނަފްސު ތިބާއަށް ނުބައިކަންތަކަށް ދައުވަތުދޭހިނދު ވެރިރަސްކަލާނގެ ދެކެދެނެވޮޑިގަތުމާއި މެދު ލަދުވެތިވާށެވެ. ލަދުވެތިވާށެވެ. އަދި އެކަކަށްވެސް ނުފެންނާނޭ ނުބުނާށެވެ. އަދި ﷲގެ ނަޘަރާއި މެދު ލަދުވެތިވާށެވެ. އަދި ނަފްސަށް ބުނާށެވެ. އަނދިރިކަން އުފެއްދެވި އިލާހު (މަގޭ ޢަމަލު) ދެކެ ދެނެވޮޑިގެންވެއެވެ.

السَّمْعَ وَالْبَصَرَ وَالْفُؤَادَ كُلُّ أُولَئِكَ كَانَ عَنْهُ مَسْئُولًا (މާނައީ: ހަމަކަށަވަރުން އިވުމާއި، ބެލުމާއި، އަދި ހިތާއި މިއިން ކޮންމެ އެއްޗަކާއި މެދު ތިޔަބައިމީހުންނާއި ސުވާލުކުރެވޭ ހުއްޓެވެ.)
އާނއެކެވެ! ތިބާގެ ބެލުމާމެދު ޤިޔާމަތް ދުވަހު ސުވާލުކުރެވޭ ހުއްޓެވެ.

މިއީ އައްޝައިޚް ނަބީލް އަލް-ޢައުޟީ ގެ ދަރުސް އެއް ބަލައިގެން ލިޔެފައިވާ ލިޔުމެކެވެ.

http://www.youtube.com/watch?v=fILbazA5t64&feature=related

No comments:

Related Posts Plugin for WordPress, Blogger...

Everyone shall taste death. And only on the Day of Resurrection shall you be paid your wages in full. [Al-‘Imran 3:185]

Prophet (peace be upon him) said: "I am leaving behind two things - you will never go astray if you hold fast to them: the Quran and my Sunnah." [At-Tirmithi]

''Do not walk proudly on the Earth, Your feet cannot tear apart the Earth nor are you as tall as the mountains"

(Quran 17:37)

Do not love the one who doesn't love
ALLAH,If they can leave ALLAH they
will leave you
( Imam SHAFEE' I )

[The hypocrites are] like the example of Shaitan when he says to man, ‘’Disbelieve in Allaah’’. But when he disbelieves, he says, “Indeed, I am disassociated from you. I fear Allaah, Lord of the worlds”

(Qur’an: Al-Hashr;16)